ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ދަރިކަލުން އަދު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައިގެ އަޑުއެހުންތައް އަންނަ އާދީއްތަ ދުވަހު ހައިކޯޓުގައި ފެށުމަށް ނިންމައިފިއެވެ.
އެގޮތުން ހައިކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:15 ގައެވެ.
ޕީޕީއެމްގެ ދިދައާއި ލޯގޯ ބެނުން ކުރިކަމަށް ތުހުމަތުކޮށް ޝަޚްސު އޮޅުވާލިކަމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލާ, މަހާއި 24 ދުވަހަށް އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.
ޝަޚްސު އޮޅުވާލުގެ ދައުވާ ކޮށްފައިވާއިރު ދައުލަތުން ވަނީ ފާރިސް ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާއި ރިޝްވަތުގެ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް އެދައުވާތަކުގެ ހުކުމެއް އަދި އިއްވާފައެއް ނުވެއެވެ.