ޢާންމުކޮށް ދަމު ނަމާދުކުރާ މީހަކަށް ހެނދުނު އެ ނަމާދު ޤަޟާ ކުރެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢާންމުކޮށް ދަމު ނަމާދުކުރާ މީހަކަށް ހެނދުނު އެ ނަމާދު ޤަޟާ ކުރެވިދާނެ!
ޢާންމުކޮށް ދަމު ނަމާދުކުރާ މީހަކަށް ދަމު ނަމާދުކުރަން ހޭލެވުނު އިރު ފަތިސްވާން ކައިރިވެފައި ހުރުމުން ދަމު ނަމާދު ނުކުރެވުނު ނަމަ ހެނދުނު އެ ނަމާދު ޤަޟާ ކުރެވިދާނެއެވެ. އެއީ ހުއްދަވެގެންވާ ކަމެކެވެ. އެކަމުގެ ދަލީލަކީ:

عن عَائِشَةَ، قَالَتْ: ( كَانَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا صَلَّى صَلَاةً أَحَبَّ أَنْ يُدَاوِمَ عَلَيْهَا، وَكَانَ إِذَا غَلَبَهُ نَوْمٌ أَوْ وَجَعٌ عَنْ قِيَامِ اللَّيْلِ صَلَّى مِنَ النَّهَارِ ثِنْتَيْ عَشْرَةَ رَكْعَةً ) رواه مسلم (746)

ޢާއިޝާ (ރޢ) ގެ އަރިއަހުން ރިވާވެގެންވެއެވެ. "ނަބިއްޔާ (ޞޢވ) ނަމާދެއް ކުރައްވާނަމަ އެއިގެ މަތީގަ ދެމި ހުރުމަށް ލޯބިކުރައްވަވައެވެ. ނުހޭލެވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ރޭ އަޅުކަން ނުކުރެއްވިއްޖެ ނަމަ ދުވާލުގައި 12 ރަކްޢަތް ކުރައްވަވައެވެ."

އަދި މުސްތަޙައްބުވެގެންވަނީ ރޭގަނޑު ޢާންމުކޮށް ރަކްޢަތް ކުރާ އަދަދަށް އެ ރަކްޢަތްތައް ކުރުމާއި މެންދުރުވުމުގެ ކުރިން ކުރުމެވެ.

#SheikhShafiuQA
މިއަދު އޮންލައިން