އެޖެންޑާގައިވަނީ ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމާއި ހިންގާ ޤަވާއިދަށް ބަދަލު ގެނައުމާއި ޕާޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމެވެ.
އެގޮތުން ޕާޓީގެ ރައީސް، ނައިބު ރައީސުން، ޕާޓީގެ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ޕީޕީއެމުން މާދަމާ ޖަލްސާ ބާއްވަނީ ޕާޓީގެ ޤަވާއިދުތަކާއި ޚިލާފަށް ކަމަށް ބުނެ ބައްދަލުވުން ހުއްޓުވައިދިނުމަށް މިއަދު ވަނީ ކޯޓުގައި އެދިފައެވެ. ނަމަވެސް މިރޭގެ 11ޖެހިއިރުވެސް ކޯޓުން ވަކި ގޮތެއް ނިންމިކަން އެނގިފައެއް ނުވެއެވެ.
ޕީޕީއެމްގެ ކުރީގެ އިސް މެންބަރު ނާދިރާ މިރޭ ވިދާޅުވީ ޕާޓީގެ ހިންގާ ޤަވާއިދު ގައި އޮންނަ ގޮތުން މިފަދަ ބައްދަލުވުމެއް ބާއްވާނަމަ ރަށްރަށުގެ ގޮފިތަކުގައި ޖަލްސާ ބާއްވައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއްވެސް ކޮށްފައިނުވުމުން މާދަމާ ބާއްވާ ބައްދަލުވުން ވާނީ ބާޠިލު ބައްދަލުވުމަކަށް ކަމަށެވެ.