ޙަރާމް، ޙަލާލު އޮޅުވާނުލައި ދީނުގައި އޮތް ގޮތަށް ބަލައިގަނެ އަމަލުކުރަން ޚުޠުބާގައި ގޮވާލައިފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޙަރާމް، ޙަލާލު އޮޅުވާނުލައި ދީނުގައި އޮތް ގޮތަށް ބަލައިގަނެ އަމަލުކުރަން ޚުޠުބާގައި ގޮވާލައިފި.
ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ޙަރާމް ކަންތައްތައް އެއީ ޙަރާމް ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

"މާތް ﷲ އަޅުގަނޑުމެންނަށް އަމުރުފުޅު ކުރައްވަވާފައިވާ ކަންތައްތައް ކުރުން ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮ ކަންތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރަންވާނެއެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ޙަރާމް ތަންތައްތައް ޙަރާމް ކަމުގައި ބަލައިގަންނަން ޖެހޭނެއެވެ. ހަލާލު ކަންތައްތައް ޙަލާލު ކަމުގައިވެސް ބަަލައިގަންނަން ޖެހޭނެއެވެ."

މިއީ ޚުޠުބާގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ވަރަށް ވަރުގަދަ މެސެޖުތަކެއް ކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އަގުދީފައި ހިލޭ އަންހެނުން ބޭނުންކުރުމުގެ ޙުކުމާއި ވައްކަން ކުރުމުގެ ޙުކުމް ފަދަ ދީނީ ގޮތުން ބަލާއިރު ކަނޑައެޅިގެން ޙަރާމް ކަންކަމުގެ ޙުކުމް މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވައި އެކަންކަން ރައްޔިތުންނަށް އިއުލާނު ވެސް ކުރައްވައިފައެވެ.

އެހެންކަމުން ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށިފައިވާއިރު ޚުޠުބާގައި ދީފައި އެވާ މެސެޖަކީ އިންތިޚާބީ ރައީސަށް ވެސް ދީފައިވާ މެސެޖެކެވެ. އެފަދަ ކަންކަން ނުކުރުމަށެވެ. ޙަރާމް، ޙަލާލު އޮޅުވާ ނުލައި، އެކަންކަމަށް ބަދަލު ނުގެނެސް އިސްލާމް ދީނުގައި ބަޔާން ވެގެންވާ ގޮތަށް އަމަލުކުރުމަށެވެ.

ހަމައެއާއިއެކު ޚުޠުބާގައި އެވަނީ މުންކަރާތްތައް ހުއްޓުވަން މަސައްކަތްކުރުމަށާއި އެއީ އެންމެންގެ މައްޗަށް އޮތް ލާޒިމެއްކަން ބަޔާން ކުރައްވައިފައެވެ.
މިއަދު އޮންލައިން