ހައްޤު ބާޠލު ކުރަން މަކަރުވެރި ހީލަތްތެރި ރޭވުންތައް ނުރޭވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުޠުބާގައި ބުނެފައިވަނީ ﷲ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށާއި ރާވާ އެންމެހައި ރޭވުންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށެވެ. އަދި ކަންކަން ރާވާ މީހުންގެ ހިތްތަކުގައިވާ ކަންކަން ވެސް ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށެވެ.
ޚުޠުބާގައިވަނީ މިކަންކަން ހިތުގެ އަޑިން ޤަބޫލުކުރާމީހާއަށް ހިތްހަމަޖެހުން ލިބޭނެކަމަށެވެ. ހިތަށް ނުތަނަވަސްކަން ލިބި، ކަންބޮޑުވެ ތެޅި ފޮޅެން ނުޖެހޭނެ ކަމަށެވެ. އެއްވެސް ކަމަކާއިމެދު ބިރުގަންނަން ނުޖެހޭނެއެވެ. އަދި މިކަންކަން ޤަބޫލުކުރުމުން އެމީހަކު އަަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން ކަމަށެވެ.
"މިކައުނުގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ތަޢާލާގެ އިޒުނަފުޅާއިުއެކުގައެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއް ޚިޔާލުކޮށްގެންވެސް އަދި ހިނގާނެ ކަަމަށް ޤަބޫލުކޮށްގެންވެސް ނުވާނެއެވެ."