ރަސްމީ ނަތީޖާއާ ވަގުތީ ނަތީޖާގެ މާބޮޑު ތަފާތެއް ނެތް: ހަބީބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރަސްމީ ނަތީޖާއާ ވަގުތީ ނަތީޖާގެ މާބޮޑު ތަފާތެއް ނެތް: ހަބީބް
މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އާއި ވަގުތީ ނަތީޖާގެ މާބޮޑު ތަފާތެއް ނެތް ކަމަށާއި ރަސްމީ ނަތީޖާ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނުގެ 5 މެންބަރުން އެޕްރޫވްކުރައްވާފައި ކަމަށް އެ ކޮމިޝަނުގެ މެމްބަރު އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

ޙަބީބް މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިތުރު ޓްވީޓެއްގައި ޙަބީބް ވިދާޅުވެފައިވަނީ ރަސްމީ ނަތީޖާ އިއުލާނުކުރުމުގެ ޤާނޫނީ މުއްދަތު ހަމަވާނީ އާދީއްތަ ދުވަހު ކަމަށެވެ.

ރަސްމީ ނަތީޖާ ޗެކްކޮށް ނަތީޖާގައި ކޮމިޝަނުގެ 5 މެންބަރުން މިއަދު ސޮއިކުރުމުން ވެސް ނަތީޖާ އިއުލާނު ނުކޮށް ލަސްކުރާތީ ކަންބޮޑުވުން ފައުޅުކުރަން މިއަދު ހަވީރުވެސް ގިނަބައަކު ވަނީ އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވެފައެވެ. އަދި މިރޭވެސް އެއްވާނެ ކަމަށް ވަނީ ބުނެފައެވެ.



މިއަދު އޮންލައިން