ނުބައި އަމަލުތައް ކުރާމީހުންގެ ވެސް ހެޔޮ އަމަލުތައް ކުރާމީހުންގެވެސް ހިތެއް ނުފުރޭނެ: ޝައިޚް މުޞްޠަފާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނުބައި އަމަލުތައް ކުރާމީހުންގެ ވެސް ހެޔޮ އަމަލުތައް ކުރާމީހުންގެވެސް ހިތެއް ނުފުރޭނެ: ޝައިޚް މުޞްޠަފާ
ނުބައި އަމަލުތައް ކުރާމީހުންގެ ވެސް އަދި ހެޔޮ އަމަލުތައް ކުރާމީހުންގެވެސް ހިތެއް ނުފުރޭނެވެ. ހެޔޮ އަމަލުތައް ކުރާ މީހުން ބޭނުންވާނީ ވީހައި ގިނައިން ހެޔޮ އަމަލުކުރުމަށެވެ. ނުބައި އަމަލުތައް ކުރާމީހުން ބޭނުންވާނީ ވީހައި ގިނައިން އެފަދަ އަމަލުތައް ކުރާށެވެ.

ހެޔޮ އަމަލުކުރާ މީހާ ބޭނުންވާނީ ވީހައި ގިނަ އިން ފަރުޟު އަޅުކަމާއި ސުންނަތް އަޅުކަން ކުރާށެވެ. ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކޮށް އެކަމުން ލިބެން އޮތް އެންމެ ގިނަ އަދަދަކަށް ސަވާބުހޯދާށެވެ. ވީހައި ގިނައިން ނަމާދުކޮށް، ރޯދަ ހިފައި ޞަދަޤާތް ކުރުމާއި ވީހައި ގިނައިން އެ ނޫންވެސް ހެޔޮ އަމަލުތައް ކުރާށެވެ.

ހަމައެއާއިއެކު ވައްކަން ކުރުމާއި ޒިނޭކުރުމާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި އެނޫންވެސް ނުބައި އަމަލުތައް ކުރާ މީހުންގެ ހިތެއްވެސް ނުފުރޭނެއެވެ. ބޭނުންވާނީ ވީހައި ގިނައިން އެފަދަ އަމަލުތައް ކުރާށެވެ.

- ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް މުޙައްމަދު މުޞްޠަފާ ދެއްވި ދަރުސުން

(ޝައިޚް މުޞްޠަފާ މިމޭރުމުން ވިދާޅުވެފައިވާއިރު ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ހެޔޮ އަމަލުތައް ކުރަމުން ފާފަތައް ނުކުރަންވީ މި ސަބަބަށްޓަކައި ކަމަށެވެ. ފާފަ ކުރުމަކީވެސް ދެވި ހިފާކަމަކަށްވާތީ ފާފަކުރާނަމަ އެކަމެއް އަބަދުވެސް ކުރެވޭނެ ކަމަށެވެ.

ފާފަ ކުރާނަމަ އެމީހަކަށް އަބަދުވެސް އިސްކަން ދެވޭނީ ފާފަ ކުރަން ކަމަށާއި ސަބަބަކީ އެކަމުން ދުނިޔަވީ ފައިދާތައް ލިބެމުންދާތީ ކަމަށެވެ. އުފާވެރިކަން ވަަގުތުން ލިބެމުންދާތީ ކަމަށެވެ.

އާޚިރަތް ޙާޞިލުކުރަން ބޭނުން މީހާއަށް އޮތީ ފާފަފަ ނުކުރުމެވެ. އެއްވެސް ފާފައެއް ކުރެވޭނަމަ އަވަހަށް ހުއްޓައިލާށެވެ. ތައުބާވެ ޞައްޙަ މަގުގައި ކުރިއަށްދާން އެދުމުން ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވަވާނެއެވެ.)
މިއަދު އޮންލައިން