ރަސްމީ ނަތީޖާ މިއަދު 10:30 ގަ އިއުލާނު ކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރަސްމީ ނަތީޖާ މިއަދު 10:30 ގަ އިއުލާނު ކުރަނީ
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު 10:30 ގައި އިއުލާނު ކުރާާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މިކަން ިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހްމަދު އަކްރަމް ޔަޤީންކޮށްދެއްވައިފައެވެ.

ވޯޓޫގެ ރަސްމީ ނަތީޖާ އެކުލަވާލައި އިލެކްޝަންސް ކޮމިޝަނުގެ 5 މެންބަރުން އިއްޔެ ވަނީ އެކަމާއިގުޅޭ ލިޔުންތަކުގައި ސޮއިކުރައްވައިފައެވެ.

އެހެންކަމުން ރަސްމީ ނަތީޖާ އިއުލާނުކުރުން ޤާނޫނުގައި ބުނާ 7 ދުވަހަށް ލަސްނުކޮށް ވީހައި އަވަހަކަށް އިއުލާނުކުރުމަށް ރައްޔިތުންގެ ގިނަ ބައަކު ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ރައްޔިތުން ބުނަމުން ގެންދަނީ ޤާނޫނުގައި އެކަމަށް 7 ދުވަހުގެ މުއްދަތު އޮތް ނަމަވެސް މީގެ ކުރިންވެސް ކަންކަން ފުރިހަމަ ކުރެވުމުން އެއަށްވުރެ ކުރިން އިއުލާނުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނު މިހައިތަނަށް ކަންކަން ކުރައްވާފައިވާ ގޮތަށް ބަލައި ގިނަ ބައަކު ބުނަމުން އަންނަނީ ރަސްމީ ނަތީޖާ ފައުޅުކުރުން ލަސްކުރަނީ "މަސްހުނިގަނޑެއް މޮޑެން" ކަމަށެވެ. ރައީސް ޔާމީނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވެސް ގެންދަވަނީ ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރާތީ އެކަމަށް ކަންބޮޑވެވަޑައިގަތުން ފައުޅުކުރައްވަމުންނެވެ. "މަސްހުނި މޮޑެން" ފުރުޞަތު ނުދިނުމަށް ގޮވާލައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނަމުން އައީ ރަސްމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ، އާދިއްތަ ދުވަހު ކަމަށެވެ.
މިއަދު އޮންލައިން