ގިނައިރު ފޯނުން ވާހަކަ ދައްކާތީ ފިރިމީހާ ރުޅިއައުމުން 3 ދަރިން މަރާލައި އަނބިމީހާ އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ގިނައިރު ފޯނުން ވާހަކަ ދައްކާތީ ފިރިމީހާ ރުޅިއައުމުން 3 ދަރިން މަރާލައި އަނބިމީހާ އަމިއްލައަށް މަރުވެއްޖެ

އާދައާ ޚިލާފަށް ގިނައިރު މޯބައިލް ފޯނުން ވާހަކަދައްކާތީ ފިރި މީހާ ރުޅިއައުމުން 3 ދަރިން މަރާލައި އަނބިމީހާ އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ސާލެމް ގައި ހިނގި މިހާދިސާގައި 11 މަހުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކާއި އަދި 7 އަަހަރުގެ ކުއްޖަކު މަރާލާފައިވަނީ ދަނޑަށް ފެންދޭން ކޮނެފައިވާ ވަޅަކަށް ވައްޓާލައިގެންނެވެ. އަދި އޭނާ ވެސް މަރުވީ ވަޅަށް ފުންމާލައިގެންނެވެ.

ފުލުހުން ބުނީ ދުވަހު މުސާރައަށް މަސައްކަތްކުރާ ފިރިމީހާ، އޭނާގެ އަނބިމީހާ އަބަދު ފޯނުން މީހަކާ ވާހަކަދައްކާތީ އެކަމާ ކަންބޮޑުވުން ފައުޅުކުރުމުން ވެސް ހުއްޓާނުލުމުން ފިރިމީހާ ފޯނު އަތުލުމުން އަނބިމީހާ "މޮޔަވީ" ކަމަށެވެ.
މިއަދު އޮންލައިން