ރަންއަނގޮޓިއަކާ ރިހި އުޅަލެއްގެ ބޭނުމުގަ 97 އަހަރުގެ ބޮޑުދައިތަ މަރާލައިފި
ރަންއަނގޮޓިއަކާ ރިހި އުޅަލެއްގެ ބޭނުމުގައި އުމުރުން 97 އަހަރުގެ ބޮޑުދައިތަ މަރައިލި މައްސަލައެއް ދިއްލީގެ ފުލުހުން ބަލަމުން އެބަގެންދެއެވެ.
މަންމަ ގެއްލިގެން ދަރިފުޅު ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިހާރުވަނީ 97 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ފެނިފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އުުރުން 22 އަަހަރުގެ ފީރޯޒުގެ އަތުން ވަނީ އަންހެން މީހާގެ ރަން އަނގޮޓިއަކާ ރިހި އުޅަލެއް ފެނިފައެވެ.
ފީރޯޒް އަކީ އަންހެން މީހާއަށް ބޮޑު ދައިތަ ކިޔާ ޒުވާނެކެވެ.