ދާއިމީ ނަތީޖާއިން ވެސް ކުރި ހޯއްދަވާ އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަައިފި

ކިޔުމަށް ހޭދަވާނީ 45ސ
ދާއިމީ ނަތީޖާއިން ވެސް ކުރި ހޯއްދަވާ އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަައިފި


ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ދާދި ދެންމައަކު އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާއިރު، އެނަތީޖާއިން ވެސް ކުރި ހޯއްދަވާ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމަށް އިބޫ ހޮވިވަޑައިގެންފައިވާއިރު، ރައީސް ކަމަށް އެމަނިކުފާނު ހުވާ ކުރައްވާނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

އިބްރާހިމް މުޙައްމަދު ސޯލިހު މިއިންތިހާބު ކާމިޔާބު ކުރެއްވީ 58% އިންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ތަފާތު ބައެއް ޝަކުވާތައް އެބަހުރި ކަމަށާއި ނަމަވެސް އެ ޝަކުވާތައް ބެލި ނަމަވެސް ނަތީޖާއަށް އެއްވެސް ބަދަލެއް އަތުވެދާނެ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ކޮމްޕްލޭންސް ބިޔުރޯ އިން ނިންމާފައިވާ ކަމަށެވެ.
މިއަދު އޮންލައިން