މިއަހަރު ފަށާ ރިޔާސީ އައު ދައުރު ނުވަތަ އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން 11 ނޮވެމްބަރުގައި ފެށުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އެގޮތަށް ބުނަމުންދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ރައީސް ޔާމީނުގެ ވެރިކަން ފެށުނީ 11 ނޮވެންބަރު 2013ގައި ކަން ހާމަކޮށްފައި އޮތުމުންނެވެ.
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ އަހަރު ކަމަށްވުމުން އައު ރިޔާސީ ދައުރު ޖުމްހޫރީ ދުވަހު، 11 ނޮވެމްބަރުގައި ފެށުމުގެ މުހިންމުކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
ސްޕްރީމް ކޯޓުން ދިން ޚާއްޞަ އަމުރެއްގެދަށުން ރައީސް ޔާމީނުގެ ރިޔާސީ ދައުރު ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 17 ނޮވެމްބަރުގައެވެ. ނަމަވެސް އެހައިތަނަށް ކޮންމެ ރިޔާސީ ދައުރެއްވެސް ފަށާފައިވަނީ 11 ނޮވެމްބަރުގައެވެ. އެހެންކަމުން ޖުމްހޫރީ ދުވަސްކަމަށްވާ 11 ނޮވެމްބަރު ފާހަގަކުރަމުން އަންނަނީ އައު ރިޔާސީ ދައުރު ފަށާ ދުވަހުގެ ގޮތުގައެވެ.
Mi