ފައިޞަލް ނަސީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ މިނިންމެވުމާއިއެކު އުންމީދުތަ އާވެ އިންޞާފާއި ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް ކަމަށެވެ.
މިއަދު އިއުލާނުކުރި ރަސްމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96052 ވޯޓެވެ. އެހެންކަމުން ރައީސް ޔާމީނަށްވުރެ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ 38653 ވޯޓު އިތުރަށް ލިބިވަޑައިގެންފައެވެ.
"އަލްޙަމްދުލިﷲ! ދިވެހި ރައްޔިތުންގެ މިނިންމެވުމާއިއެކު އުންމީދުތަ އާވެ އިންޞާފާއި ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް، ޝުކުރިއްޔާ ރައްޔިތުން!"
Alhamdhulillah! Dhivehi Rayyithunge mi nimmevumaa eku ummeedhu thah aave insaaf aai hamahama kan qaaim kurumah mi libunee varah furihama furusatheh. Shukuriyya Rayyithun