ހިންނިއާ އިންސާނުން ކައިވެނި ކުރުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ޢަބޫލެއް ނުކުރެވެއެވެ. އެހެނީ އެއީ ކުރެވޭނެ ކަމެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވީ ނަމަވެސް އެއީ އެއްވެސް ދަލީލެއްގެ މައްޗަށް ވިދާޅުވާ ވާހަކައެއް ނޫނެވެ. އެގޮތަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވީ ނަމަވެސް އެއީ އެއްވެސް ދަލީލެއް އެކަމުގެ މައްޗަށް އޮތް އަދި ޙަޤީޤީ ވާހަކައެއް ނޫނެވެ.
ޖިންނީންނަކީ ރޫޙާނީ ބައެކެވެ. އިންސާނުންނަކީ ޖިސްމާނީ ބައެކެވެ. އަދި ޖިންނިއަކާ އިންސިއަކާ ވެގެން ދަރިއަކު ލިބުމަކީވެސް މުސްތަޙީލު ކަމެކެވެ. (މާނައަކީ ނުވާނެ ކަމެކެވެ.) ޖިންނިން އުފެދިފައިވަނީ އަލިފާނުންނެވެ. އަދި އިންސާނުން އުފެދިފައިވަނީ ވެލިންނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
- ޝައިޚް ޝާފިޢު