ރައްޔިތުންގެ ނިންމުން ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުން ކުރިއަށް ގެންދާނަން- ފުލުހުން

ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައްޔިތުންގެ ނިންމުން ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުން ކުރިއަށް ގެންދާނަން- ފުލުހުން
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ، އެނިންމުމަށް އިޚުތިރާންކޮށް، އަދި އެނިންމުން ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތައް ތަރުތީބުން ކުރިއަށް ގެންދަވާނެ ކަމަށް ފުލުހުންގެ ފަރާތުން ޗީފް ސްޕޯކްސްޕާރސަން/ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިންގެ ފަރާތުން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމެއްގައި ޝިފާން ވިދާޅުވީ މިޓްރާންސިޝަނަލް މުއްދަތުގައި ދިމާވާ އެކިއެކި ކަންކަން ހަމަޖެހުމާއި މަސްލަހަތު އިސްކޮށް ދިވެހިރާއްޖެއަކީ އަބަދުވެސް އަމަން އޮމާން ޤައުމެއްގެ ގޮތުގައި ބެއްވުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާ ކަމަށެވެ.

މިބައްދަލުވުމުގައި އެމްއެންޑީއެފް ގެ ފަރާތުން ވާހަކަ ދައްކަވަމުން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 23 ސެޕްޓެމްބަރ ގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ދައްކައިދިން ސުލްޙަ މަސަލަސްކަމާއި އަދި އަމާންކަަމަށް އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޤައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އާޒިމް އެދިލައްވާފައިވެއެވެ.
މިއަދު އޮންލައިން