ކަނޑުގަދަވުމުގެ އިންޒާރާއެކު ރާއްޖޭގެ އުތުރުން ދެކުނަށް ވައިޓް އެލާޓު ނެރެފި!

ކިޔުމަށް ހޭދަވާނީ 31ސ
ކަނޑުގަދަވުމުގެ އިންޒާރާއެކު ރާއްޖޭގެ އުތުރުން ދެކުނަށް ވައިޓް އެލާޓު ނެރެފި!
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން އުތުރުގެ ރަށްތަކުން ފެށިގެން ދެކުނާއި ހަމައަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި މިސަރަޙައްދުގައި ހިމެނޭ ރަށްތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
މިއަދު އޮންލައިން