ހއ. އުތީމުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ކައިރީގައި ބިދޭސީއަކު، ހުއްޓާ ފަސްގަނޑު ކަނޑައިގެން ގޮސް ގުންޑޮޅިގަނޑެއްގެ ތެރެއަށް ވެއްޓި އެމީހާ މަރުވެއްޖެއެވެ.
ގުންޑޮޅިގަނޑުގެ ތެރެއަށް ވެއްޓުމުން، އެމީހާއަށް ވަރަށް އަނިޔާވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އުތީމު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ވަޅުގަނޑަށް ވެއްޓުމުން އެބިދޭސީ މީހާ ވަގުތުން އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދިން ކަަމަށާއި އިތުރު ފަރުވާއަށް އެއަތޮޅު ދިއްދޫ ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ބިދޭސީ މީހާ ދިއްދޫ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ.