ފާރިސް ގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާމެދު މިއަދު ހައިކޯޓުން ގޮތެއް ނިންމަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ފާރިސް ގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާމެދު މިއަދު ހައިކޯޓުން ގޮތެއް ނިންމަނީ
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމާމެދު ހައިކޯޓުން މިއަދު ގޮތެއް ނިންމުމަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ޖޫން މަހު ފާރިސްގެ މައްޗަށް އެހުކުމް އިއްވާފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ޤަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ޝަޚްސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެންނެވެ. ފާރިސްގެ ފަރާތުން އެހުކުމް އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވަނީ އެދިފައެވެ.

ފާރިސް މައުމޫންގެ ޝަރީއަތް މިއަދު ހެނދުނު ފެށުމާއެކު، އެމައްސަލައުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާމެދު ގޮތެއް ނިންމާ ދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

އެމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ އެކަމާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ފާރިސް ގެ ވަކީލުންނަށް ހައިކޯޓުން މިހާރު އަންގާފައިވަނީ މިއަދު މެންދުރުފަހު އެކަމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
މިއަދު އޮންލައިން