އޭސީޕީ މަންނާނަށް އަލުން ވަޒީފާ ދީފި

ކިޔުމަށް ހޭދަވާނީ 38ސ
އޭސީޕީ މަންނާނަށް އަލުން ވަޒީފާ ދީފި
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރި، އަބްދުލް މަންނާނަށް އަލުން އެވަޒީފާ ދީފިއެވެ.

މަންނާނަށް އަލުން ވަޒީފާ ދޭން ނިންމާފައިވަނީ، އޭނާ އެވަޒީފާއިން ވަކި ކުރި މައްސަލަ ފުލުހުންގެ އެޕީލް ބޯޑަށް ހުށަހެޅުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެބޯޑުން ނިންމުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންގެ ވަޒީފާއަށް މަންނާނު އަލުން ނިކުންނަން ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުލުހުންގެ ވަޒީފާިއން މަންނާނު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން