ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް ޤައުމީ އަރުޝީފުން އަންގައިފި

ކިޔުމަށް ހޭދަވާނީ 43ސ
ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް ޤައުމީ އަރުޝީފުން އަންގައިފި
ދައުލަތުގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ރިކޯޑެއް ވެސް ނައްތާނުލުމަށް ދައުލަތުގެ އިދާރާތަކަށް، ޤައުމީ އަރުޝީފުން މިއަދު އަންގައިފިއެވެ.

ޤައުމީ އަރުޝީފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކުގެ މައުލޫމާތު ބަލަހައްޓަން ވާނީ އެތަނުގެ ޤާނޫނުގެ ދަށުން ކަމަށާއި އެޤާނޫނާއި ޚިލާފަށް އެއްވެސް ލިޔެކިޔުމެއް ނައްތާލައިގެން ނުވާނެ ކަމަށެވެ.

އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް އަރުޝީފުން މިއަދު އަންގާފައިވާއިރު، ބައެއް އިދާރާތަކުން ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރަމުންދާކަމުގެ އަޑު ތަކެއް ވަނީ ފެތުރިފައެވެ.

ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއް ނައްތާލައިފިނަމަ، އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއް ނައްތާލަން މަސައްކަތް ނުކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން