ދިވެހިން ތިބީ ޙައްޤު މަގުގަ- ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވެ ޚިޔާނާތްތެރިވެ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލީ ރައީސް ޔާމީން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދިވެހިން ތިބީ ޙައްޤު މަގުގަ- ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވެ ޚިޔާނާތްތެރިވެ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލީ ރައީސް ޔާމީން: ޤާސިމް
ދިވެހިން ރައީސް ޔާމީނަށް އަނިޔަވެރި ނުވާ ކަމަށާއި ދިވެހިން ތިބީ ޙައްޤު މަގުގައި ކަމަށް ނަމަވެސް ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވެ ޚިޔާނާތްތެރިވެ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލީ ރައީސް ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ދެއްވި ބޮޑެތި އަނިޔާތަކާއި ވެފައިވާ ބޮޑެތި ޚިޔާނާތްތަކާއި ދީފައިވާ ބޮޑެތި ގެއްލުމާއި ރާވައިގެނެ ހިންގާފައިވާ ލާއިންސާނީ ގިނަ އަމަލުތަކާއި ރާވައިގެން ވެފައިވާ ބޮޑެތި ޚިޔާނާތާއި ރާވައިގެން ކޮށްފައިވާ ބޮޑެތި އަނިޔާތަކާއި ޤާނޫނު އަސާސީއަށް ހުރުމަތްތެރި ނުވުމާއި ރައީސް ޔާމީނުގެ ހިތުގައި އަނެކާ އާއި މެދު އެއްވެސް ރަޙުމެއް ނެތީމާ އިތުރު 5 އަހަރު ރައްޔިތުން ނުދިނީ ކަމަށެވެ. އަދި އެއީ ރައްޔިތުން އަމަލުކުރަން ޖެހޭ ޙައްޤު މަގު ކަމަށެވެ.

"ދިވެހިން ރައީސް ޔާމީނަށް އަނިޔަވެރިއެއް ނުވޭ. ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ދިން ބޮޑު އަނިޔާތަކާ ބޮޑު ޚިޔާނާތާ ގެއްލުމާ ރާވައިގެނެ ލާއިންސާނީ ގިނަ އަމަލާ ޚިޔާނާތާ އަނިޔާއާ ޤާނޫނު އަސާސީއަށް ހުރުމަތްތެރި ނުވުމާ އަނެކާ އާ މެދު އެއްވެސް ރަޙުމެއް ނެތީމާ އިތުރު 5 އަހަރު ނުދިނީ. އެއީ ޙައްޤު މަގު."




މިއަދު އޮންލައިން