ކޯލިޝަނުގެ ޖޮއިންޓް ޕީޖީ ގްރޫޕުގެ ފުރަތަމަ މަސައްކަތަކަށްވެސް ވާނީ މަޖިލީހުގެ ރައީސް މަޞީޙް މަޤާމުން ދުރުކުރުން: ޢަލީ ޢާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޯލިޝަނުގެ ޖޮއިންޓް ޕީޖީ ގްރޫޕުގެ ފުރަތަމަ މަސައްކަތަކަށްވެސް ވާނީ މަޖިލީހުގެ ރައީސް މަޞީޙް މަޤާމުން ދުރުކުރުން: ޢަލީ ޢާޒިމް
ގުޅިފައިވާ ކޯލިޝަނުގެ ޖޮއިންޓް ޕީޖީ ގްރޫޕުގެ ފުރަތަމަ މަސައްކަތަކަށްވެސް ވާނީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ދުރުކުރުން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢަލީ ޢާޒިމް މިރޭ ވިދާޅުވީ މަޞީޙް މަޤާމުން ދުރުކުރަން މަޖުބޫރުވަނީ ވަކި ޕާޓީއަކަށް ނުވަތަ ރައީސް ޔާމީނުގެ ސަރުކާރަށް ނިޞްބަތްވުން ފަދަ ކަމެއްގައި ނޫން ކަމަށާއި ޤާނޫނުތަކާއި ޤަވާއިުތަކާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ.

ޢަލީ ޢާޒިމް ވިދާޅުވީ މަޞީޙްގެ ސަބަބުން ވަނީ ރައްޔިތުންގެ ވަރަށް ގިނަ ޙައްޤުތައް ގެއްލިފައި ކަމަށާއި ޤާނޫނުތަކަސް ބަދަލު ގެނެސްފައިވަނީ ޤާނޫނީ އިމުން ބޭރުން ކަމަށެވެ. އެހެންކަމުން އެގޮތައް ކަންތައްތައް ކުރައްވާ ބޭފުޅަކު މަޖިލީހުގެ ރައީސްކަމުން މިހާރުން މިހާރަށްވެސް ދުރުކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން މަޖިލީހަށް ވަނަނުދީ ބާރުގެ ބޭނުން ކޮށްގެން ހިފަހައްޓައި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މަޖިލީހުގެ ފާރުމަތިން މެންބަރުންތައް ތަކުރާރުކޮށް އުކާލާފައިވުން ފަދަ މައްސަލަތައް ޢަލީ ޢާޒިމް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން