ދިވެހިރައްޔިތުން އިސްލާމް ދީނުން ބޭރުކުރުވުމަކީ 17 އަހަރުވަންދެން ރާޖެއަށްވެރިވެގަނެގެން ތިބެ އެކަމަށް ގަދައަޅައި މަސައްކަތް ކުރުމުން ވެސް ނުކުރެވިފައި އޮތް ކަމެކެވެ. ﷲ ތަޢާލާގެ އިރާދަފުޅާއިއެކު އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ.
ދިވެހިންގެ ދީނީ ޢަޤީދާ ވަރުގަދަ ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފާއިތުވި ސަރުކާރުތަކަށް އެކަށީގެންވާ މިންވަރަށް ކުރެވިފައި ނެތުމުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރާނެ ކަމުގެ ޔަޤީންކަން އިންތިޚާބީ ސަރުކާރުން ވަނީ ދީފައެވެ.
"ބައެއް ބޭފުޅުން އެބަ އުޅެޔޯ އާ ސަރުކާރުގެ ސިޔާސީ ޖޮބް ހޯދަން ގުޅައިގެން.! މީގެ ކުރިގައި އެބޭފުޅުން ސީދާ އިސްލާމް ދީން ނެތޭނޭ އާ ސަރުކާރު އަންނައިރަށް! އެކަމަކު ވާހަކަ އާ ރާގު މިހާރު މުޅިން ބަދަލުވެއްޖެ! އަނެއްކޮޅަށް ޖަހައިފި"
Baeh beyfulhun eba ulheyoo aa sarukaaruge siyaasee Job hoadhan gulhaigen! meege kureegai ebeyfulhun vidhaalhuvee seedhaa islam dheen netheyney aa sarukaaru annairah! ekamu mihaaru vaahaka aa raagu mulhin badhaluvejje! anehkolhah jahaifi! ☺
— Ali Zaid (@alizaid1000) October 1, 2018