ރާއްޖޭގެ ފަޤީރުންގެ ބައްޕަ މިނިވަންވެ ވަޑައިގަތުމުން ގިނަ ބައަކު އުފާފާޅުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖޭގެ ފަޤީރުންގެ ބައްޕަ މިނިވަންވެ ވަޑައިގަތުމުން ގިނަ ބައަކު އުފާފާޅުކުރަނީ
އެބޭފުޅެއްގެ އަމިއްލަފުޅު ފައިސާއިން ރާއްޖޭގެ ފަޤީރުންނަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވާ ވިލާ ފައުންޑޭޝަނުގެ ބާނީ ޤާސިމް އިބްރާހީމް މިނިވަންވެވަޑައިގަތުމުން ގިނަ ބައަކު ދަނީ އުފާފައުޅުކުރަމުންނެވެ.

ގިނަ ބައަކު ދެކެނީ ޤާސިމް އިބްރާހީމް މިނިވަންވެވަޑައިގަތުމަކީ ރާއްޖޭގެ ފަޢީރުންގެ ބައްޕަ މިނިވަންވެވަޑައިގަތުން ކަމަށެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލުހުމެއް އިއްވީ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރުނީ ކޯޓުރޫމަށް ވެއްޓިވަޑައިގަތުމުން ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވަނިކޮށް ރޭގަނޑު ދަންވަރު ވަކީލުންގެ ވެސް ޣައިރު ހާޒިރުގަ އެވެ.

ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ރައީސް ޔާމީނުގެ ސަރުކާރުން ޤާސިމް އިބްރާހީމްގެ މައްޗަށް ކުރި ދައުވާ އާއި އަދި އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވީ ކަމަށް ބުނެ ނެރުނު ބަޔާނާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެތައް ހާސް ރައްޔިތުން ވަނީ ގިނަ މުޒާހަރާތައްވެސް ކޮށްފައެވެ.

ކަފާލާތުގެ ދަށުން ޤާސިމް އިބްރާހީމް މިނިވަންކުރީ ރޭ އިރާކޮޅުއެވެ. ޤާސިމް އިބަރާހީމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު މެނޗދުރުފަހު 3 ޖަހާއިރުއެވެ.
މިއަދު އޮންލައިން