ފްލެޓް ފޯމު ހުށަހަޅަން އިއްޔެ ނަމްބަރު ލިބުނު ބައެއް މީހުންގެ ފޯމު ބަލައިނުގަތުމުން ގިނަ ބައަކު ކަނބޮޑުވުން ފައުޅުކޮށްފި
ފްލެޓަށް އެދޭ ފޯމު ހުށަހަޅަން އިއްޔެ ނަމްބަރު ލިބުނު ބައެއް މީހުންގެ ފޯމު ބަލައިނުގަތުމުން ގިނަބައަކު ހައުސިންގ މިނިސްޓްރީއަށް މިއަދު ގޮސް ކަނބޮޑުވުން ފައުޅުކޮށްފިއެވެ. ކަންބޮޑުވުން ފައުޅުކުރަން އެއްވި ބައެއް މީހުން އަދިވެސް ތިބީ ހައުސިން މިނިސްޓްރީގައެވެ.
ހައުސިން މިނިސްޓްރީން ބުނީ ވީހާ ގިނަ ބައެއްގެ ފޯމު ބަލައިގަންނަން އިއްޔެ މުވައްޒިފުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެންމެ ފަހު ދުވަހު ގިނަ އަދަދެއްގެ ބައަކު ފޯމު ހުށަހަޅަން ބޭނުން ވުމުން ވަގުތު މާބޮޑަށް ދިގުލައި ދިއުމުން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނީ ކަމަށެވެ.
"އަޅުގަނޑުމެން މިއަންނަނީ ވަރަށް ކުރިންސުރެ އެންމެ ފަހު ދަވަހަކީ އިއްޔެ ކަމަށް ބުނެ ހަނދާންވެސް ކޮށްދެމުން. ދެން އަލުން އިއުލާނު ނުކޮށް ފުރުޞަތު ދިނުމުން ޢާނޫނީ މައްސަލަތައްވެސް ކުރިމަތިވާނެ." ކަމަށްވެސް ތއރުޖަމާނު ފަޒާލް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީއަށް ގޮސް ތިބި މީހުން ބުނަނީ އެމީހުންނަށް ނަމްބަރު ލިބިފައިވާއިރު ފޯމު ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ތަރުޖަމާނު މާރިޔާ އިއްޔެ ވަނީ ސަރުކާރު ބަދަލުވުމުން ފްލެޓަށް އެދުމުގެ ފުރުޞަތު އަލުން ހުލުވައިލާނެ ކަމަށް ވިދާޅުވެފައެވެ.