އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ނަވާޒު އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ނަވާޒު އައްޔަނު ކޮށްފި
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ ގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް، ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ ކަމުގެ މަގާމުގައި ހުންނެވި އާދަމް ނަވާޒް މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ފަރާތްޕުޅުން މިކަން އާއްމުކޮށް އަންގާ އިއުލާނު ކުރައްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަަމަށް، ފުލުހުންގެ އެކްޓިން ކޮމިޝަނަރ އާދަމް ނަވާޒް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިއަދު ވަނީ، ޕޮލިސް ކަމިޝަނަރު ކަމަށް ވެސް ބޭފުޅަކު އައްޔަނު ކުރައްވވާފައެވެ. އެމަގާމަށް އައްޔަނު ކުރެއްވީ ކުރިން އެސިސްޓެންޓް ކޮމިޝަނަރ ކަމުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދެވެ.
މިއަދު އޮންލައިން