އިންތިހާބީ ރައީސް މޭޖާ ޖެނެރަލް ޝިޔާމް އާ ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 42ސ
އިންތިހާބީ ރައީސް މޭޖާ ޖެނެރަލް ޝިޔާމް އާ ބައްދަލު ކުރައްވައިފި
އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އާއި ބައްދަލު ކުރައްވައިފިއެވެ.

ސިފައިންގެ މައި މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި އެބައްދަލުވުމުަގައި މޭޖަ ޖެނެރަލް ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންތިހާބީ ރައީސްއާއެކު މިބައްދަލުވުމުގައި އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި އެމްޑީޕީ ވެރިކަމުގައި މާލެ އޭރިއާގެ ކޮމާންޑަރު އިބްރާހިމް މުޙައްމަދު ދީދީ އާއި އެމްޑީޕީ ޤައުމީ މަޖިލިސް މެމްބަރު އަދި ޤާނޫނީ ވަކީލު ހިސާން ހުސެއިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމާ ގުޅޭ ތަފްަސީލެއް ދެ ފަރާތުންވެސް އަދި ހާމައެއް ނުކުރައްވައެވެ.
މިއަދު އޮންލައިން