ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބެމުންދާކަމުގެ ހެކި ފެންނަން ފެށުމުން އުފާކުރަން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރާއްޖޭގެ  އަދުލު އިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބެމުންދާކަމުގެ ހެކި ފެންނަން ފެށުމުން އުފާކުރަން: ޤާސިމް
ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބެމުންދާކަމުގެ ހެކި ރާއްޖޭގެ ޝަރުޢީ ނިޒާމުން ފެންނަން ފަށައިފި ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ޝަރުޢީ ނިޒާމުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން ރައީސް ޔާމީނުގެ އަނިޔާވެރިކަމަށާއި އަދުލު އިންޞާފު ޤާއިމުކުރުމަށް އަޅަމުން ގެންދިއަ ހުރަސްތަނަށް ނޫނެކޭ ބުނި ވަގުތުން ފެށިގެން ފެންނަމުން މިދަނީ ހުރިހާ ކަމެއްވެސް ބަދަލުވަމުންދާ މަންޒަރު ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަށް ވެސް މިނިވަންކަން ލިބެމުންދާކަމުގެ ހެކި މިދަނީ ފެންނަމުން ކަމަށެވެ. އަދި ވަކި ބާރުތަކެއްގެ ތެރޭގައި ހިފެހެއްޓިފައިހުރި އަދި ނަހައްގުން މީހުންނަށް ކުރެވެމުންދިއަ ހުކުމްތަކާއި އަދި ކުރެވެމުންދިއަ ތަހުގީގު ތަކާއި އަދި އެނޫންވެސް އެހެން ކަންތައްތައް ވަކި ފަރާތެއްގެ ބާރުގެ ތެރޭގައި ހިފެހެއްޓިފައިހުރިކަން ނުވަތަ ނުފޫޒު ފޯރުވަމުންދިއަކަން މިދަނީ ވަރަށް ރަނގަޅަށް ސާބިތުވަމުން ކަމަށެވެ.
ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް ހައި ކޯޓުން ރޭ ކުރި އަމުރަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ހައިކޯޓުން އެފަދަ އަމުރެއް ކުރީ ކްރިމިނަލް ކޯޓުން "ހެއްދެވި ކަހަލަ ގޯހެއް ހައްދަވަން ބޭނުން ނުވާތީ" ކަމަށެވެ.

ޖުޑިޝަރީ ރަނގަޅު މަގަށް ސާބިތުކަމާއެކު ފިޔަވަޅު އަޅަން ފަށައިފިކަން މިހާރު އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމް ވަނީ ޝަރުޢީ ނިޒާމު މިނިވަން ވަމުން އަންނަކަން ފާހަގަ ކުރައްވައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ޝުކުރު އަދާކުރައްވައިފައެވެ.

"އަޅުގަނޑު އެއްވެސް ބިރެއްނެތް. ހަމައެފަދައިން ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިން ގާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލައްބަވާނެ ކަމަށާއި އަދި އެހެނިހެން މުވައްސަސާތަކުން ވެސް އެގޮތަށް އަމަލުކުރައްވަން ފެއްޓެވިކަން އެނގިގެން މިދަނީ،“ ގާސިމް ވިދާޅުވިއެވެ.

ޝަރުޢީ ނިޒާމަށް ފިއްތުންތައް ކުރިމަތިކުރުވައި އަޅުވެތި ކުރުވުމަށްޓަކައި ޝަރުޢީ ނިޒާމުގެ ބަޖެޓުން ބޮޑު ބައެއް ރައީސް ޔާމީނު އުނިކުރެއްވުމުން އެކަންކަމާއި ދެކޮޅަށްވެސް ޤާސިމް އިބްރާހީމް ވަނީ މަޖިލީހުގައި ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ. ޤާސިމް އިބްރާހީމް ވަނީ މަޖިލިސް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުގެ ހައިޞިއްޔަތުން ޖީޑިޝަރީގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ.
މިއަދު އޮންލައިން