ވެރިކަމަށް އަންނަ ބަދަލާ ގުޅިގެން ސިވިލް ސާވިސް ވަޒީފާ ދިނުން މެދުކަނޑާލައިފި

ކިޔުމަށް ހޭދަވާނީ 39ސ
ވެރިކަމަށް އަންނަ ބަދަލާ ގުޅިގެން ސިވިލް ސާވިސް ވަޒީފާ ދިނުން މެދުކަނޑާލައިފި
އަންނަ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ދިވެހި ސަރުކާރު ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން ސިވިލް ސާވިސް ވަޒީފާ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ އެއިދާރާތަކުގެ މެންޑޭޓަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން ފަންނީ މަގާމުތައް ފިޔަވާ އެހެން ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީގޮތުން ހުއްޓާލުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީގޮތުން ހުއްޓާލި ނަމަވެސް ސިވިލް ސާވިސްގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިއުލާނުކުރުން ސިވިލް ސާވިސް ކޮމިޝަންގެ ހުއްދައާއެކު ކުރިއަށް ގެންދާނެ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
މިއަދު އޮންލައިން