ޕީޕީއެމުން ކޮންމެ ގޮތަކަށް ބަޖެޓު ހެދިނަމަވެސް ތަންފީޒް ކުރާނީ އާ ސަރުކާރުގެ ބަޖެޓު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޕީޕީއެމުން ކޮންމެ ގޮތަކަށް ބަޖެޓު ހެދިނަމަވެސް ތަންފީޒް ކުރާނީ އާ ސަރުކާރުގެ ބަޖެޓު!
އަންނަ އަހަރުގެ ބަޖެޓަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުޞަޠު ރައީސް ޔާމީނުގެ ސަރުކާރުން ދިން ނަމަވެސް ނުދިން ނަމަވެސް އަންނަ އަހަރު ތަންފީޒުކުރެވޭނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ބަޖެޓެވެ.

އެހެންކަމުން ބަޖެޓަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ގެނައުމުގެ ފުރުޞަޠު އިންތިޚާބީ ސަރުކާރަށް ދިނުމަކީ ޕީޕީއެމުން ކޮށްދިން މާބޮޑު ހެޔޮ ކަމަކަށް ހަދައިގެން އެކަން އިޝްތިހާރުކުރުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ރައްޔިތުން އިންތިޚާބީ ރައީސްގެ އަރިއަހުން އެދެނީ ރައީސް ޔާމީނު ފަދައިން ބަޖެޓު ފާސްކުރުމުން ބަޖެޓުގެ ހުރިހާ ބާރުތަކެއް އަމިއްލަފުޅަށް ނަންގަވައި ހިތުހުރި ގޮތަކަށް ކަންކަން ނުކުރެއްވެވުމެވެ.

ބަޖެޓު ތަންފީޒުކުރުމުގެ ކަންކަން ކުރިންވެސް ރާއްޖޭގައި ކުރަމުން އައި އުޞޫލުން އަދި އެއަށްވުރެވެސް ފުރިހަމައަށް ކޮށްދެއްވެވުމެވެ. ބަޖެޓުގައި ހިމެނޭ ކަންކަން ވީހައި ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވުމެވެ. ބަޖެޓުގައި ހިމަނާފައި ހުންނަ މަޝްރޫއުތަކަށް ބަދަލު ގެންނަވައި ރުއްސަވާ ރައްޔިތުންނަށް ބޮޑުބައި ލިބޭނެ ގޮތަށް އަމަލު ނުކުރެއްވެވުމަށެވެ. ނުރުއްސަވާ ރައްޔިތުން ބާކީ ނުކުރެއްވެވުމަށެވެ.
މިއަދު އޮންލައިން