ފާރިސް އަށް ހުކުމް ކުރުމުގައި އެތައް ކަމެއް ގޯސްކޮށް ހިނގިކަމަށް ދައުލަތުން އެއްބަސްވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 38ސ
ފާރިސް އަށް ހުކުމް ކުރުމުގައި އެތައް ކަމެއް ގޯސްކޮށް ހިނގިކަމަށް ދައުލަތުން އެއްބަސްވެއްޖެ
ކުރީގެ ރަައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކޮށްފައިވާ ޝަޚްސު އޮޅުވާލުުގެ ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް އިއްވާފައިވަނީ އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތުން ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން މިހެން ވިދާޅުވީ ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައެވެ.

ފާރިސްއަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ހުކުމް އިސްތިއުނާފު ކުރުމަށް އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ކަފާލާތުގެ ދަށުން އޭނާ ވަނީ މިނިވަން ކޮށްފައެވެ.

ފާރިސްގެ މައްޗަށް ޝަކްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ހުއްދައަކާއި ނުލާ ޕީޕީއެމް ގެ ލޯގޯ އާއި ދިދަ ބޭނުން ކުރި ކަމަށް ބުނެއެވެ.

އެގޮތުން އެޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، އިޖުރާއަތްތަކައި ޚިލާފަށް ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދީފައިވާ ކަމަށް ވެސް އިއުތިރާފް ވެފައެވެ.

ނަމަވެސް އެގޮތަށް ހެކިބަސް ދީފައިވަނީ ފާރިސްގެ ދިފާއީ ވަކީލުންގެ ޕްރެޝާތަކާއި ގުޅިގެން ކަމަށް ތުހުމަތު ކުރަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެމައްސަލައިން ދިފާއުވުމަށް ފާރިސްއަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން އެއްވެސް އިރަކު އިއުތިރާޒު ކޮށްފައި ނުވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލަށް ޖަވާބު ދެއްވަމުން ފާރިސްގެ ޤާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ވަކީލު މައުމޫން ހަމީދު ވިދާޅުވީ، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ގޯސްކޮށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެއްބަސްވެފައިވާތީ އުފާކުރައްވާ ކަމަށާއި އެހެންކަމުން ދައުލަތުގެ އެއްބަސްވުމަށް އެކަނި ބެލިނަމަވެސް ފާރިސްގެ މައްޗަށް އިއްވި ހުކުމަކީ ބާތިލު ކުރަން ޖެހޭ ހުކުމެއްކަން އެނގިގެންދާ ކަމަށެވެ.


މިއަދު އޮންލައިން