އިންތިހާބީ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމައިފިއެވެ.
މިކަމާބެހޭގޮތުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައި ވަނީ އިބޫ އެ ގޮތަށް އެދިވަޑައިގަތުމުން ކަމަށާޢި ރައްޔިތުން އިންތިހާބު ކުރި ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށް އެކަން ކުރުމަކީ ބޮޑު އެދުމެއްކަމަށެވެ.
މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތަށް ކަންތައް ކުރެއްވުމަށް އެދިވަޑައިގަންނަވާތީ މި ދަނީ އެމަސައްކަތް ކުރަމުންކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ