ޝަކުވާތަކެއް ބަލަމުންދާތީ ހިޔާ މަޝްރޫއު މަޑުޖައްސާލަން އޭސީސީއިން އަންގައިފި

ކިޔުމަށް ހޭދަވާނީ 48ސ
ޝަކުވާތަކެއް ބަލަމުންދާތީ ހިޔާ މަޝްރޫއު މަޑުޖައްސާލަން އޭސީސީއިން އަންގައިފި
މިސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފަށާފައިވާ "ހިޔާ މަޝްރޫއު" އާއި ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަމުންދާތީ، ހިޔާ މަޝްރޫއު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

އޭސީސީއިން އެފަދައިން އަންގާފައިވާއިރު، އެމަޝްރޫއުގެ ދަށުން ފްލެޓަށް އެދި ވަރަށް ގިނަ ބަޔަކު ވަނީ ފްލެޓަށް އެދި ފޯމު ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ހޯދުމަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ވާހަކަ ދައްކަވަުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ފްލެޓު ހޯދުމަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ފްލެޓު ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނިންމަވާފައިވާ ކަމަށެވެ.
މިއަދު އޮންލައިން