ހަށިގަނޑުގައި ބައްޔެއް ހުރިނަމަ ކައިވެނީގެ ކުރިން ބުނަންޖެހޭނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަށިގަނޑުގައި ބައްޔެއް ހުރިނަމަ ކައިވެނީގެ ކުރިން ބުނަންޖެހޭނެ!: ބިލާލް އައްސަދު
ގޮތް ނުއެނގޭ އެކަށީގެންވާ ފަރުވާއެއް ނުލިބޭ ދާއިމީ ބަލިތައް ގިނަވުމަކީވެސް ފަހު ޒަމާނުގެ ޢަލާމާތެވެކެވެ. މިއަދު މުޅި ދުނިޔެއަށް މިފަދަ ބަލިތައް ޢާންމުވެފައިވާ މިންވަރު ނިކަން ދެކިބަލާށެވެ!

އެޗްއައިވީ ފަދަ ބަލިތައް ޢާންމުވެފައިވާ މިންވަރުން ކައިވެނިކުރަން އުޅޭ ބައެއް ޒުވާނުން ކައިވެނިކުރުމުގެ ކުރިން އޭނާއަށް އެބަލި ޖެހިފައިވާ ކަމުގެ ވާހަކަ ކައިވެނިކުރެވޭ ކުއްޖާ ގާތު ބުނަންޖެހޭނެތޯ އެބަ ސުވާލުކުރެއެވެ. ބޭހުން ބަލި ކޮންޓްރޯލުކުރެވިފައިވީ ނަމަވެސް ބުނަންޖެހޭނެތޯ އެބަ ސުވާލުކުރެއެވެ.

ޖަވާބަކީ ބުނަން ޖެހޭނެއެވެ. ބަލި ކޮންޓްރޯލުވުމާއި ނުވުމަކީ މުޅިން ތަފާތު ކަމެކެވެ. ބުނަން ޖެހޭނީ ހަމައެކަނި ބޮޑެތި ބަލިތަކުގެ ވާހަކައެއް ނޫނެވެ. ކިތަންމެ ކުޑަ ނަމަވެސް ދާއިމީ ބައްޔެއްގައި އުޅޭނަމަ އެކަމެއްގެ ވާހަކަ ބުނަން ޖެހޭނެއެވެ. ފަހުން އެކަން އެނގުމުން ކައިވެނި ރޫޅިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެކަމުގެ ފުރުޞަތު ބޮޑުކަމުންނެވެ!

އެޗްއައިވީ ފަދަ ނުރައްކައުތެރި ބަލިތަކުގެ ވާހަކަ ކޮންމެހެންވެސް ބުނުން މަޖުބޫރެވެ! އެއި ލިބޭ ދަރިފުޅަށް އެބަލި ވާރުތަކުރުމުގެ ފުރުޞަތު ބޮޑުކަމުންނެވެ!

އެޗްއައިވީ ފަދަ ބަލިތައް މިއަދު ޖެހެނީ ތިމާގެ ކުށަކުން ނޫންކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ބަލި ޖެހިއްޖެ ނަމަ އެވަނީ ބަލި ޖެހިފައެވެ. އެހެންކަމުން ތިމާގެ ސަބަބުން އެފަދަ ބަލިތައް އެހެން އެއްވެސް މީހަކަށް ޖެހިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މަސައްކަތް ކުރަން ޖެހޭނީ އެހެން މީހުން ސަލާމަތް ކުރުމަށެވެ.
މިއަދު އޮންލައިން