ދައުރުވަމުންދަނީ ހަދާފައިވާ އަސްލެއްނެތް އޯޑިއޯއެއް: ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދައުރުވަމުންދަނީ ހަދާފައިވާ އަސްލެއްނެތް އޯޑިއޯއެއް: ޝަރީފް
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއަކީ ފޯން ކޯލްތައް ނޭންގި ރެކޯޑްކޮށްގެން އެކި ފޯން ކޯލްތަކުން އަޑު ނަގައިގެން ޑަބްކޮށްގެން ހަދާފައިވާ އަސްލެއްނެތް އޯޑިއޯއެއްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ ފޯން ކޯލެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ އޯޑިއޯއާއި ގުޅިގެން ޝަރީފް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އޯޑިއޯއަކީ އެކި ފޯން ކޯލްތައް އެއްކޮށްގެން އެހެން މާނައެއް ނެރުމަށްޓަކައި ހަދައިގެން އުޅޭ އޯޑިއޯއެއް ކަމުގައެވެ.

ޝަރީފް ވިދާޅުވީ އަދުރުވަމުންދާ އޯޑިއޯ އަކީ ޝަރީފްގެ ފޯނުން ތަފާތު އެކި ފަހަރު މަތިން ދައްކާފައިވާ ވާހަކަތައް ނޭނގި ރިކޯޑުކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަ ކޮށްދިނުމަށް އެޑިޓްކޮށް، ޑަބް ކޮށްގެން ހަދާފައިވާ އޯޑިއޯއެއް ކަމަށާޢި މިމައްސަލަ ފުލުހުނަށްވެސް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަށްވެސް ޝަރީފް ވިދާޅުވިއެވެ.

އޯޑިއޯ ބަހަނާއަކަށް ދައްކައިގެން ޕީޕީއެމުން މިރޭވަނީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ''އޮޅުވާލި ވޯޓް'' ގެ ނަމުގައި މަދުބަޔަކާއެކު އިހްތިޖާޖްތަކެއް ފަށާފައެވެ. މިއެއްވުމުގައި ރައީސް ޔާމީންވަނީ އޯޑިއާއަށް ޖަވާބުދާރީވުމަށް ގޮވާލައްވާފައެވެ.


މިއަދު އޮންލައިން