މުޅި ރާއްޖޭގަ ޝުޢޫރު ފައުޅުކުރުން ބާރަށް ކުރިއަށް ގެންދަން ރައީސް ޔާމީން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މުޅި ރާއްޖޭގަ ޝުޢޫރު ފައުޅުކުރުން ބާރަށް ކުރިއަށް ގެންދަން ރައީސް ޔާމީން ގޮވާލައްވައިފި
މުޅި ރާއްޖޭގަ ޝުޢުރު ފައުޅުކުރުން ބާރަށް ކުރިއަށް ގެންދަން ރައީސް ޔާމީން ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާކަމަށްބުނެ ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ ޕީޕީއެމްގެ އިސް ބޭފުޅުން ކުރެއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ބައަކު ވެރިކަމުގައި ތިބި ނަމަވެސް ރައްޔިތުން ބޭނުންވާނެ އަދި ދޫނުކުރާނެ އުޞޫލުތަކެއް ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ދޫނުކުރާނެ އުޞުލުތަކުގެ ތެރޭގަ އިސްލާމް ދީނުގެ ވާހަކަ އާ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާނެ ކޮންމެ ކަމެއްގަ ވެސް އިންޞާފުވެރިވާނެ ޖެހޭނެ. އިންޞާފަށް ދިވެހި ރައްޔިތުންނަކީ ލޯބިކުރާ ބައެއް. ރައްޔިތުންގެ ގިނަ ބައެއްގެ ޙައްޤުތައް ހިމެނޭ ކަންކަމުގަ އިންޞާފު ނުލިބޭކަމަށް ޤަބޫލުކުރެވޭ ކަމަށްވާނަމަ ރައްޔިތުންގެ ޝުޢޫރު، ރައްޔިތުންގެ ހިތުގެ ނުތަނަވަސްކަން، ރައްޔިތުންގެ ދެކޮޅުވެރިކަން ހާމަކުރަމުން ގެންދާނެ" ކަމަށެވެ. އެހެންކަމުން ޝުޢޫރުތައް ފަޅުކުރަމުން ގެންދިއުމަކީ "ތިބޭފުޅުންގެ" ޙައްޤެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އިޝާރާތްކުރައްވައި ރައީސް ޔާމީނު ވިދާޅުވީ މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް ޝުޢޫރު ފައުޅުކުރަމުން ގެންދާނެ ކަމަށާއި އިންޞާފު ގެއްލިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަންކަން ރަނގަޅުކުރަން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ވެސް ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

"މީހަކު ގޯހެއް ހަދަންދެން އަޅުގަނޑު ދެކެނީ އިޚްލާޞްތެރިއެއް ކަމަށް. އިޚްލާޞްތެރިން މަސައްކަތް ކުރަމުން ގޮސް އެކަން އެހެން ގޮތަކަށް ބަދަލުވާންޖެހޭ ސަބަބު އަޅުގަނޑުމެންނަށް ފެނިފަ މިވަނީ. އެތއް ކަމެއް ފެނިފަ މިވަނީ. އެތައް ކަމެއް ކުރަވާފަ ޖަލުގަ ތިއްބަވާފަ މިނިވަން ވެގެން ދިއަތަން ފެނިގެން މިދިއައީ. އެހެންވީމާ މިހުރިހާ ކަމެއް ވެގެންދާއިރު ނުފޫޒުތަކެއް ވަންނަ ކަމަށް ވަންޏާ ވަންނަ ނުފޫޒު ހަމަ އިޚްލާޞްތެރިންނަށްވެސް ވަންނާނެ. އިނގޭތޯ!"

ރައީސް ޔާމީނު ވިދާޅުވީ އީސީގެ ރައީސް އަހްމަދު ޝަރީފްގެ ލީކުވެފައިވާ އޯޑިއޯ ކްލިޕުގައި ދައްކަވާފައިވާ ވާހަކަތައް ނުފޫޒެއް ނެތި ދައްކަވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެވާހަކަތަކަށް ޖަވާބުދާރީވާން ޝަރީފަށް ޖެހޭ ކަމަށެވެ.

މިރޭގެ މުޒާހަރާގައި ޕީޕީއެމުން ވަނީ ޝަރީފް ހައްޔަރުކުރުމަށް ވެސް ގޮވާލައިފައެވެ.

ރައީސް ޔާމީނު މިމޭރުމުން ވިދާޅުވެފައިވާއިރު ޝަރީފް މިރޭ ބަޔާނެއް ނެރުއްވައި ވިދާޅުވީ ސޯޝަލް މީޑިއާގަ ދައުރުކުރުވަނީ އެޑިޓްކޮށް ޑަބްކޮށްގެން އުފައްދާފައިވާ އެއްވެސް އަސްލެއް ނެތް އޯޑިއޯއެއް ކަމަށެވެ.

ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅު (އޯޑިއޯ):


މިއަދު އޮންލައިން