މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބުނީ އެމީހުންނަށް މަޖުބޫރުކޮށްގެން ޖަލްސާތަކަށް ގެންދުވި ނަމަވެސް ވޯޓަކީ އެމީހުންގެ އަމިއްލަ ވިސްނުމަށް ލާނެ އެއްޗެއްކަމަށް ކަމުގައި ޑރ. މުޙައމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ ލޯބި ބޭނުންނަމަ އޯގާތެރިވާން ޖެހެއެވެ. ހިނިތުން މޫނެއް ދައްކަން ޖެހެއެވެ. މީސްތަކުންނަށް މަޖުބޫރުކޮށްގެން ޖަލްސާތަކަށް ގެންދިއަ ނަމަވެސް ވޯތަކީ އަމިއްލަ ވިސްނުމަށް ލާނެ އެއްޗެއްކަން އެވަނީ ބުނެދީފައެވެ. ޢަދުލްއިންޞާފު ނެތި ތަރައްޤީއެއް ނުވާނެކަން ސާފެވެ!"
Rayyithun ge loabi beynun nama oagaatheri vaan je eve. Hinithun mooneh dhakkan jehe eve. Meesthakunnah majbooru kohgen jalsa thakah gendhiya namaves vote aky amilla visnumah laane echcheh kan evany bunedheefa eve. Adhul insaaf nethi tharaggee eh nuvaane kan v saafeve.
— Dr Mohamed Iyaz (@dr_iyaz) October 2, 2018