މަގުމަތިން ޖަވާބުދާރީ ކުރުވަން ނޫޅެ އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވަން ޕީޕީއެމަށް އީސީގެ މެންބަރު ޙަބީބު ދައުވަތު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މަގުމަތިން ޖަވާބުދާރީ ކުރުވަން ނޫޅެ އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވަން ޕީޕީއެމަށް އީސީގެ މެންބަރު ޙަބީބު ދައުވަތު ދެއްވައިފި

އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވަންވީ މަގުމައްޗަކުން ނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމުން ޖަވާބުދޭން ކޮމިޝަން އޮތީ ތައްޔާރަށް ކަމަށް ކޮމިޝަނުގެ މެންބަރު އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

ޙަބީބް ވަނީ އީސީގެ ރައީސް ޝަރީފް އާއި މެންބަރުންގެ އަބުރު ކަތި ނުލައި ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޕީޕީއެމަށް އިލްތިމާސްކުރައްވައިފައެވެ!

ޙަބީބް މިފަދައިން ވިދާޅުވެފައިމިވަނީ ޑަބްކޮށް އުފައްދާފައިވާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި "ޢާންމުވުމުން" ކޮމިޝަނުގެ ބަހެއްވެސް ހޯއްދެވުމެއްނެތި ސަޕޯޓަރުން ކޮޅަކާއިއެކު ރައީސް ޔާމީނު މަގުމައްޗަށް ރޭ ނުކުމެވަޑައިގަތުމާއި ގުޅިގެންނެވެ.

"ޖަވާބުދާރީ ކުރުވަންވީ މަގުމައްޗަކުން ނޫން. އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާ. ޖަވާބުދޭން ތައްޔާރު. އީސީގެ ރައީސް ޝަރީފް އާއި މެންބަރުންގެ އަބުރު ކަތި ނުލައްވާ! ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް އިލްތިމާސްކުރަން! ޝުކުރިއްޔާ!"



މިއަދު އޮންލައިން