ޚިޔާލު ފައުޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤަކީ ކިހައި އަސާސީ އަދި މުހިންމު ޙައްޤުތަކެއްކަން މިހާރު ރައީސް ޔާމީނަށާއި އަދި ޕީޕީއެމްގެ މެންބަރުންނަށް އެނގޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވީ ޚިޔާލު ފައުޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤުތައް 5 އަހަރުވަންދެން ހިފެހެއްޓި ރައީސް ޔާމީނުގެ ސަރުކާރުގެ އެންމެ އިސް ވެރިން، ރައީސް ޔާމީނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް ޔާމީނުގެ ސަރުކާރުން ހަދައި އަމަލުކުރި ޤަވާއިދުތައް މުގުރާލައި ކުރިއަށް ހުއްދަ ނުނަގާ ރޭ ކުއްލި ގޮތަކަށް މަގުމައްޗަށް ސަޕޯޓަރުން އެއްކޮށް މުޒާހަރާ ކުރުމާއި ގުޅިގެންނެވެ.
"ޚިޔާލު ފައުޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤަކީ ކިހައި އަސާސީ އަދި މުހިންމު ޙައްޤުތަކެއްކަން މިހާރު ރައީސް ޔާމީނަށާއި އަދި ޕީޕީއެމްގެ މެންބަރުންނަށް އެނގޭނެ."
Khiyaalu faalhu kurumaai evve ulhumuge haqqakee kihaa asaasee adhi kihaa muhinmu haqquthakehkan mihaaru RY ashaai PPMge memberunnah engeyne.
— Ali Hussain (@AleeVoice) October 1, 2018