އިންތިޚާބު ބާޠިލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް އަދި ޙުއްޖަތެއް ވެސް ނެތް: ޙަބީބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިންތިޚާބު ބާޠިލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް އަދި ޙުއްޖަތެއް ވެސް ނެތް: ޙަބީބު


ސެޕްޓެމަބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާޠިލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް އަދި ޙުއްޖަތެއް ވެސް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާޢީލު ޙަބީބު ވިދާޅުވެއްޖެއެވެ.

ޙަބީބް މިމޭރުމުން ވިދާޅުވެފައިވަނީ "މިދިއަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަން އެނގޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ އިންތިޚާބު ބާތިލްކޮށް، ދެފުށް ފެންނަ އިންތިޚާބަކަށް ރައްޔިތުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް" ރޭ ވިދާޅުވުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެއްވެސް އިންތިޚާބެއް ބާޠިލުކުރަން ޖެހެނީ އެކަންކުރަންޖެހޭވަރުގެ ޤާނޫނީ މައްސަލަތަކެއް ހުރިނަމައެވެ. އިންތިޚާބުގައި ވާދަކުރި މީހަކު އިންތިޚާބުގައި ބޮޑުތަނުން ބަލިވުމަކީ އެއްވެސް ޤައުމެއްގައި އަލުން އިންޚާބު ބާއްވާ ސަބަބެއް ނޫނެވެ.
މިއަދު އޮންލައިން