ކުރިން ހެދުނު ގޯސްތައް ތަކުރާރުވާން ނޭދެން، ކޯލިޝަން ދަމަހައްޓަން ބޭނުން: ރައީސް މައުމޫން

ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރިން ހެދުނު ގޯސްތައް ތަކުރާރުވާން ނޭދެން، ކޯލިޝަން ދަމަހައްޓަން ބޭނުން: ރައީސް މައުމޫން
ކޯލިޝަން ދަމަހައްޓަން ބޭނުންފުޅުވާ ކަމަށާއި ކުރިން ހެދިފައިވާ ގޯސްތައް ތަކުރާރު ކުރަން ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހަތް މަހާއި ދުވަސްކޮޅެއް ޖަލުގައި ހޭދަ ކުރުމަށްފަހު، މިދިޔަ އާދީއްތަ ދުވަހު ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު އެދެބޭފުޅުން އެކުގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް މައުމޫން ވިދާޅުވީ ކުރިން ހެދިފައިވާ ގޯސްތައް ތަކުރާރު ކުރަން ބޭނުންފުޅު ނުވާ ކަމަށާއި އިދިކޮޅު ކޯލިޝަން ދަމަހައްޓަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ދެއްވި ކަމަށާއި ކޯލިޝަން ބޭނުންވާ ގޮތަށް ހަމައާއި އިންސާފުން ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.

އިބޫއަށް ތައުރީފު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި އިބޫ ހޭދަ ކުރެއްވިއިރު، އެމަނިކުފާނަކީ އަމާނާތްތެރި، އިޚުލާސްތެރި އަދި ނަޒާހާތްތެރި ބޭފުޅެއް ކަމަށް އެންމެންވެސް ބުނަމުންދާ ކަމަށެވެ.

ރައީސް މައުމޫން ވަނީ އިބޫއަށް ކާމިޔާބު ދެއްވުން އެދި ދުއާ ވެސް ކުރައްވާފައެވެ.
މިއަދު އޮންލައިން