ޤާނޫނުން ބޭރުން ރައްޔިތުންގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ޣައިރު ޤާނޫނީ ޢަމަލެއް: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޤާނޫނުން ބޭރުން ރައްޔިތުންގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ޣައިރު ޤާނޫނީ ޢަމަލެއް: މާރިޔާ
ޤާނޫނުން ބޭރުން ރައްޔިތުންގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ޣައިރު ޤާނޫނީ ޢަމަލެއް، އަދި ކުށެއް ކަމަށް އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ރައްޔިތުން ވަނީ ޤާނޫނީ އެންމެހައި ހަމަތަކުގެ މަތިން އިންތިޚާބުކޮށްފައި ކަމަށެވެ. އަދި އެކަން ރައީސް ޔާމީނު ވަނީ ޤަބޫލުފުޅުވެސް ކުރައްވައި ނިމިފައި ކަމަށެވެ.

"އެހެންވީމާ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވަނީ އެފަދަ އެއްވެސް ޣައިރު ޤާނޫނީ ކުށެއް ކުރަން އެއްވެސް ފަރާތަކުން ނުއުޅުމަށް. ޤައުމުގެ ކަންކަން ހަމަޖެހުމާއި އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށް." ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.



މިއަދު އޮންލައިން