ރައީސް ޔާމީންގެ 1.5 މިލިއަން ޑޮލަރުގެ މައްސަލައެއް އިންޓަނޭޝަނަލް މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެ!

ކިޔުމަށް ހޭދަވާނީ 50ސ
ރައީސް ޔާމީންގެ 1.5 މިލިއަން ޑޮލަރުގެ މައްސަލައެއް އިންޓަނޭޝަނަލް މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެ!
މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަންފުޅުގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 ޖަމާކުރި މައްސަލައެއް އިންޓަނޭޝަނަލް ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިންޓަނޭޝަނަލް ބޮޑު މީޑިއާއެއް ކަމަށްވާ އަލްޖަޒީރާއިން ފެތުރި ޚަބަރެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް، ދެ ބުރެއްގެ މަތިން 1.5 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަލްޖަޒީރާގެ އެޚަބަރުގައި އަދަދު ޑޮލަރުން ބޭނުން ކޮށްފައިވީ ނަމަވެސް، ރާއްޖޭގެ ބައެއް ނޫސްތަކުން އެއަދަދު ބުނެފައިވަނީ ރުފިޔާއިންނެވެ.

މިމައްސަލަ އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ވަގުތުން ފުލުހުންނަށް ހުށަހަޅާފައިކަން ވެސް އެގިފައިވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ އެފަދަ މައސަލައެއް ހުށަހެޅިކަން ނުވަތަ ނޫންކަން އެމްއެމްއޭ އިން ވެސް އަދި ފުލުހުން ވެސް ރަސްމީކޮށް ނުބުނެއެވެ.

މިއަދު އޮންލައިން