ކެމްޕޭނުގެ ހޭދަތަކަށް ބޭނުން ކުރީ ވަކި އެކައުންޓެއް: މުއާޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކެމްޕޭނުގެ ހޭދަތަކަށް ބޭނުން ކުރީ ވަކި އެކައުންޓެއް: މުއާޒު
ރިޔާސީ އިންތިހާބުގެ ކެމްޕޭން ބޭނުންތަކުގެ ހޭދަތަކަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަކި އެކައުންޓެއް ހަމަޖައްސަވާފައިވާނެ ކަމަށާއި، ޤާނޫނާއި ޚިލާފު އެއްވެސް ކަމެއްގައު ބައިވެރި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރަހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް، އިންތިހާބު ކައިރިވެފައި ވަނިކޮށް 1.5 މިލިއަން ޑޮލަރު ދެފަހަރެއްގެ މަތިން ޖަމާ ކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ އަލްޖަޒީރާއިން ވަނީ ހާމަ ކޮށްފައެވެ. އަދި އެވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ ތަރުޖަމާނު ވިދާޅުވީ އެއީ ކެމްޕޭނު ފައިސާ ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ތަރުޖަމާނު މުއާޒް ވިދާޅުވީ ރައީސްގެ ކެމްޕޭނަށް ހަމަޖެއްސެވި އެކައުންޓަށް ޤަވާއިދުން ފައިސާ ލައްވަމުން ގެންދެވި ކަމަށާއި ނަމަވެސް ޤާނޫނާއި ޚިލާފު އެއްވެސް ކަމެއްގައި ނޫޅޭނެ ކަމަށް ބުނެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

މިއަދު އޮންލައިން