އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޑިފެެންސް އަދި ސެކިއުރިޓީ ކޮމިޓީއެއް އުފައްދައިފިއެވެ.
އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ މިއަދު މެންދުރު އެކޮމީޓީން ޑިފެންސް މިނިސްޓަރާ ބައްދަލު ކޮށްފައި ވާކަމަށާއި މިބައްދަލު ވުމުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިކަމަށެވެ.
މާރިޔާ ވިދާޅުވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައި ވެސް ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދިޔަ އެބައްދަލު ވުމުގައި ރައްޔިތުންގެ ނިންމުމާ އެކީ މިނިސްޓްރީ އޮފް ޑިފެެންސް ވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިކަމަށެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ވެސް ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.