ހަތަރު އަހަރަށްފަހު މަހުލޫފް ސިޔާސީ ޕާޓީއަކާއި ގުޅެނީ

ކިޔުމަށް ހޭދަވާނީ 41ސ
ހަތަރު އަހަރަށްފަހު މަހުލޫފް ސިޔާސީ ޕާޓީއަކާއި ގުޅެނީ
ހަތަރު އަހަރަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ސިޔާސީ ޕާޓީއަކާއި ގުޅުމަށް ނިންމައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން މަހުލޫފު މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އޭނާ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އެންމެ ފުރަތަމަ ހޮވިވަޑައިގަތީ ޕީޕީއެމް ގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ އެޕާޓީއިން ވަކި ކޮށްފައެވެ. އަދި އެއަށްފަހު މަހުލޫފު އުޅުއްވީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ.
އެމްޕީ މަހުލޫފަކީ އިދިކޮޅު އިއްތިހާދު އުފެދިގެން އައި އިރު، އެއިއްތިހާދުގެ ތަރުޖަމާނެވެ.




މިއަދު އޮންލައިން