ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ- އީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ- އީސީ
ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސޯ އިންތިހާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާއި ގުޅޭގޮތުން ވެސް، އެއްވެސް ޝަކުވާއެއް ރަސްމީ ހައިސިއްޔަތަކުން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީކާއާއި ގުޅޭގޮތުން އެތައް ތުހުމަތުތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނާއިމެދު ކުރަމުން ދަނިކޮށް، މީގެ އިރުކޮޅެއް ކުރިން އެކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން ރަސްމީ ހައިސިއްޔަތުން އެކޮމިޝަނަށް މިއަދާއި ހަމައަށް ވެސް ހުށަހެޅިފައި ނުވާ ކަމަށެވެ.

މީގެއިތުރުން އެކޮމިޝަނުގެ މެމްބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވާ، އިންތިހާބުގެ ސައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ވެސް އީސީ އިން ނެރުނު ބަޔާނުގައިވެއެވެ.

"ކޮމިޝަންގެ މެމްބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިހާބުގެ ސައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައްދަނީ ކުރަމުންނެވެ. އަދި މީސް މީޑިއާއާއި، އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން ކޮމިޝަންގެ ރައީސް އާއި މެމްބަރުންނާއި، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންނަށް ބިރު ދައްކާ، މަރުގެ އިންޒާރުދީ ހަދަމުންދާތީ ދަންނަވަމެވެ. މިކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން އަމަލު ކުރަމުން ދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ." އީސީ ގެ ބަޔާނުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ، އެކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާ ކުރަން ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ އެފަދަ ދަށު ދަރަޖައިގެ ކަންކަން މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލާފައެވެ.

މިއަދު އޮންލައިން