މޯދީ ރައީސް މައުމޫނަށް ގުޅުއްވާ ހިތްވަރު ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ
މޯދީ ރައީސް މައުމޫނަށް ގުޅުއްވާ ހިތްވަރު ދެއްވައިފި
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ފޯނުން ގުޅުއްވާ ހިތްވަރު ދެއްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މޯދީ އެމަނިކުފާނާމެދު ގެންގުޅުއްވާ ގާތްކަމަށް ޝުކުރު އަދާ ކުަރައްވާ ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ އަށް މޯދީ ފުރިހަމައަށް ސަޕޯޓާއި އެއްބާރުލުން ދެއްވާކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެެއާއި ދެމެދު އޮތް ގާތްގުޅުން އޮތީ ވަރަށް ބޮޑަށް ހިނާރުވެފައެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު، އިންތިހާބީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު ކާމިޔާބު ކުރެއްވުމުން، އެމަނިކުފާނަށް ބެރު ޤައުމުތަކުގެ ފަރާތުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެވެ.

އިބްރާހިމް މުޙައްމަދު ސޯލިހު ރައީސްކަމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މޯދީ އަށް ވަނީ ދައުވަތު އަރުވާފައެވެ. އަދި އޭނާ ވަނީ އެދައުވަތު ޤަބޫލުފުޅު ކުރައްވާފައެވެ.
މިއަދު އޮންލައިން