ޕީޕީއެމްގެ މުޒާހަރާއަށް ރޭ އެއްވި މީހުން މަދު، 100 އަށް ވެސް ނާރާ

ކިޔުމަށް ހޭދަވާނީ 49ސ
ޕީޕީއެމްގެ މުޒާހަރާއަށް ރޭ އެއްވި މީހުން މަދު، 100 އަށް ވެސް ނާރާ
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލިކަމަށް ބުނެ މިވަގުތު ސަރުކާރު ހިންގަމުންދާ ޕީޕީއެމް އިން މިދިޔަ ހޯމަ ދުވަހުގެ ރޭ ފެށި މުޒާހަރާތަކުގެ ދެވަނަ އެއްވި މީހުންގެ އަދަދު 100 އަށްވުރެ މަދު ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ހުޅުމާލެއިން ވެސް މީހުން ގެނެސްގެން ބޭއްވި މުޒާހަރާގައި ގާތްގަނޑަކަށް 300 ވަރަކަށް މީހުން ބައިވެރިވިއެވެ. ނަމަވެސް ރޭގެ މުޒާހަރާތައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 70 ވަރަކަށް މީހުންނެވެ.

ކުރީ ރެއެކޭ އެއްފަދައިން ރޭވެސް ޕީޕީއެމްގެ މުޒާހަރާ ބާއްވާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެޕާޓީގެ އޮފީސް ދޮރުމަތީގައެވެ.

ހޯމަ ދުވަހުގެ ރޭގެ މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމާއި ބައެއް ވަޒީރުން ބައިވެރިވި ނަމަވެސް ރޭގެ މުޒާހަރާގައި އެބޭފުޅުން ބައިވެރިއެއް ނުވެއެވެ.

ރޭގެ މުޒާހަރާ ލީޑް ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގާއި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އެވެ.
މިއަދު އޮންލައިން