މިއީ ނައިބް ރައީސް ޢަބްދުﷲ ޖިހާދު މިރޭ ކުރައްވާފައިވާ ޓްވީޓެކެވެ.
ނައިބް ރައީސް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ޕީޕީއެމުން ތަފާތު ބަހަނާތައް ދައްކައި އިންތިޚާބުގެ ނަތީޖާ އާއިމެދު ކަންބޮޑުވުންތައް އުފައްދަމުން ގެންދާ ވަގުތެއްގައެވެ. ޕީޕީއެމުން މިރޭވެސް ވަނީ 70 ވަރަކަށް މީހުންނާއިއެކު ދޮޅުލައްކަ މީހުން ދިރިއުޅޭ މާލޭގައި މުޒާހަރާއެއް ކޮށްފައެވެ.
އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ މުޒާހަރާކުރާއިރު އިލެކްޝަންސް ކޮމިޝަނުން މިއަދުވެސް ބުނީ އެއްވެސް ޝަކުވާއެއް އެކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށެވެ.
Rajjeyga beyhvey inthihaabuthakuge natheejaa komme gothakah aikamuga veenamaves,evves uzurakaanulaa e gabool kurumaky hama komme farudhehgeves zinmaaeh! Edheny abadhuves Qaumah faagathi musthagbalakah!
— Abdulla Jihaadh (@AbdullaJihaadh) October 2, 2018